ރައީސް ސާލިހުގެ ނިއުޔޯކް ދަތުރުފުޅުގެ ޚަރަދުގެ ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފި

2 months ago

އަފްރާހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ނިއުޔޯކް ދަތުރުފުޅުގެ ޚަރަދުގެ ތަފްސީލު ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.


މިއީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ 18 ން ފެށިގެން 10 ދުވަހުގެ މުއްދަތަށް އދ ގައި ތަގްރީރު ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.


މި ޚަރަދުތަކުގެ ތަފްސީލް ހާމަކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގެވެ. އެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އޭރު އެންގި އެންގުމަށް ހައިކޯޓުން ތާއީދުކުރި ނަމަވެސް، 2022 މާރިޗު 20 ގައި އޭރުގެ ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރައްވާފައެވެ.


އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ހުށަހެޅީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. ހަމަ އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިދިޔަ ހަފުތާގައި އޮތް އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ އޭރު ނިންމި ނިންމުން ދިފާއުކޮށް، ރައީސް ސާލިހު ކުރެއްވި ދަތުރުފުޅުގެ ޚަރަދުގެ ރަސީދުތައް ހާމަނުކުރި ނަމަވެސް، އެ ދަތުރުފުޅުގެ ތަފްސީލު މީގެކުރިން ދީފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.


އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް ބަންޑާރަނައިބުގެ އޮފީހުން ނިންމީ މައްސަލަ އަނބުރާ ގެންގޮސް ރަސީދުތައް ހާމަކުރުމަށެވެ. 


 


މިކަމާއި ގުޅިގެން އަޒާން 'އެކްސް' ގައި ވިދާޅުވީ ރައީސް އިބްރާހީމްގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް ވަނީ ލިބިފައި ކަމަށެވެ. މިއީ 2021 ވަނަ އަހަރު އޭނާ ހޯދަން އެދުނު މައުލޫމާތެއް ކަމަށާއި މި ރަސީދުތައް ހާމަ މިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ތަރާދު

ހަމަ ތިގޮތަށް ދެން އަންނަސަރުކާރަކުން ވެސް މިހާރުމިއޮތް މުއިއްޒުގެސަރުކާރުގެ ދަތުރުތަކުގެ ތަފުސީލުތައް ހުށައަޅަން ޖެހިފަ އޮންނާނީ، ތީކީ ދެން އާކަމެއްނޫން.

2 months ago