8 ގައުމަކާއެކު ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް މަޝްވަރާ ކުރައްވައިފި

3 months ago

އަފްރާހް

8 ގައުމަކާއެކު ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.


މި މަޝްވަރާ ބާއްވަވާފައިވަނީ އެގައުމުތަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން، ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.


ޖުލައި 15 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލަންސީ ކިއްމޯ ލަހްޑެވީރްތަ އާއެކު ބައްދަލުކުރެއްވުމުގައި ތަޢުލީމީ ދާއިރާއާއި ފަންނީ ގާބިލްކަން އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުން ވެސް ހިމެނެއެވެ.


ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ބުންމީ ވަންމަނީ އާއެކު ބައްދަލުކުރައްވައި، ދެ ގައުމުގެ ވިސްނުން އެއްގޮތްކަންކަމުގައި ގުޅިގެން ކުރިއަށްދިއުމަށާއި، ދެ ގައުމަށް ވެސް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރެއްވުމަށް މަޝްވަރާކުރައްވާފައެވެ.


ޕެރޫ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހިޒް އެކްސަލެންސީ ހާވިއެރ މެނުއެލް ޕައުލިނިކް ވެލަރޑެ، އާއެކު ވަނީ ދެ ޤައުމުގެ އެކްސްޕޯޓާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ރާއްޖެއާއި ޕެރޫއަކީ ގްލޯބަލް ސައުތަށް ނިސްބަތްވާ ދެ ޤައުމު ކަމުގައިވާތީ، ޕެރޫއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިއެވެ.


އޮމާނުން ކަނޑައޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ އަޙްމަދު ޢަލީ ސާޢިދު އަލް ރަޝްދީ އާއެކު ވަނީ ދެ ޤައުމަށް ވިސާގެ ފަސޭހަތައް ލިބިދިނުމަށް އިތުރު މަސައްކަތްތައް ކުރުމާއި ދެ ޤައުމުގެ މަތީ ފަންތީގެ އިތުރު ދަތުރުތަކަށް މަގުފަހިކުރުން ހިމެނެއެވެ.


‎ޗިލޭގެ އައު ސަފީރު، ހިޒް އެކްސަލަންސީ ހުއަން އެންގުލޯ އާއެކު މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިޤްތިޞާދީ ގޮތުންނާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. ،އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ.


އަޔަލެންޑްގެ އައު ސަފީރު، ހިޒް އެކްސެލެންސީ ކެވިން ކެލީ އާ ބައްދަލުކުރައްވައި ފަތުރުވެރިކަން، ތިމާވެއްޓާ ރަށްޓެހި ހަކަތަ، އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދެ ގައުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.


މީގެއިތުރުން ކެމްބޯޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލެންސީ ކޮއީ ކުންގް، އާއެކު ވިޔަފާރި، ތަޢުލީމު އަދި ދަނޑުވެރިކަމުގެ ދާއިރާ ހިމެނެއެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ ސަރުކާރުން ސޮއިކުރެއްވި ފަހުމުނާމާތަކުގައި ހުރިކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.


ސްލޮވާކް ރިޕަބްލިކް ގެ ސަފީރު ހިޒް އެކްސެލަންސީ ރޮބަޓް މެކްސިއަން އާއެކު ވަނީ ދެގައުމުން އިސްކަންދޭ ކަންތައްތަކާއި ދެޤައުމުގެ ގާތް ރަހުމަތްތެރިގުޅުން އިތުރު ހަރުފަތަކަށް ކުރިޔަށްގެންދިއުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު