މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ދެނީ

3 months ago

އަފްރާހް

މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ދިނުމަށް ނިންމައި، އެކަމުގެ މަޝްވަރާތައް ބާއްވައިފިއެވެ.


މި މަޝްވަރާ ބާއްވާފައިވަނީ ކައުންސިލަރުންނަށް ޑިޕޮލޮމެޓިކް ޕާސްޕޯޓު ލިބޭނެގޮތެއް އޮތްތޯ ބެލުމަށް ތިނަދޫ ސިޓީކައުންސިލުން އެލްޖީއޭއަށް ހުށަހެޅުމާއި ގުޅިގެންނެވެ.


ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް 'އެކްސް' ގައި ވިދާޅުވީ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބޭނެ ގޮތްތައް ހެދުމަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ.


މިގޮތަށް މަޝްވަރާކުރެއްވީ ޖުލައި 15 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ކަމަށް ވެސް ވިދާޅުވިއެވެ.


އެލްޖީއޭ އިން ވިދާޅުވީ ކައުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓު ހޯދައި ދިނުމުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުމާއި އެ ކައުންސިލަރުންނަކީވެސް ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާތީ އެ ބޭފުޅުންނަށް ހައްގު ދަރަޖަ ދިނުމުގެ ގޮތުންކަމަށެވެ.


ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބެނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނަށެވެ. 


މީގެއިތުރުން އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިންނަށެވެ.


ކިޔުންތެރިންގެ ހިޔާލު