މަޖިލިސް ނައިބު ރައީސްގެ ފާޑުކިޔުން އޭސީސީ އަށް

3 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފިއެވެ.


އެމަނިކުފާނު އޭސީސީ އަށް ފާޑުވިދާޅުވެފައި މިވަނީ ސަރުކާރުގެ ކުންފުނިތަކާއި ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށްގޮސްފައި ވާ ހިސާބު ދެނެގަތުމަށް އޭސީސީގެ މެންބަރުން ޖުަލއި 15 ވަނަ ދުވަހު ކޮމިޓީއަށް ހާޟިރުކޮށް ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.


އެގޮތުން ނާޒިމް ވަނީ އޭސީސީ އަށް މައްސަލަ ހުށަހެޅިޔަސް، މައްސަލަތައް ހިފަހައްޓައިގެން ތިބޭތީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެ، މައްސަލަތައް ބޭރުކޮށްލާ ހާލަތު ދިމާވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ލިބެމުން ދިޔަ ނަމަވެސް އެ އިދާރާ އިން އެއްވެސް ކަމެއް ނުކޮށް ތިބި ކަމަށް ވެސް ވިދާޅުވިއެވެ.


އޭސީސީގެ ރައީސް އާދަމް ޝާމީލް ވަނީ މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ގެއްލިގެން އަނބުރާ ހޯދަން އަންގާފައިވާ ފައިސާގެ ތެރެއިން ހަ ލައްކަ ރުފިޔާ ހޯދާފައިވާ ކަމަށާއ އެއީ އޭސީސީގެ ތާރީހުގައި ރެކޯޑެއްކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން އެކަށީގެންވާ ނަތީޖާ ތަހުގީގުތަކުގައި ލިބިފައި ނެތްކަން ގަބޫލުކުރައްވާ ކަމަށާއި އެކަމުގެ ސަބަބެއް ކަމުގައި ގަބޫލު ކުރައްވަނީ އޮޑިޓާ ހިލާފަށް ބަލާ އެ މައްސަލަތަކަކީ ޖިނާއި މައްސަލަތަކަށް ވުމުން ސާބިތުކުރަން ޖެހޭ މިންގަނޑަށް ބަލާއިރު ޝައްކު ނެތް މިންވަރަށް ގެންދަން ޖެހޭތީ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު