ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު ސަމާލު ނެރެފި

3 months ago

އަފްރާހް

ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ނެރުއްވާފައިވާ ސަމާލުގައި ވަނީ އެ ސަރަހައްދުގެ ރަަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

މީގެއިތުރުން މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މޫސުންލަފާގޮތް ހާމަކުރައްވައި، ނެރުއްވި މޫސުމީ ބްލެޓިން ގައި ވަނީ އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުން އެކަށީގެންވާ ކަމަށް ވެސް ވެއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެން ހިސާބުތަކަށް ވައި ޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލައި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރައްވާފައިވާއިރު، ދެކުނުގެ ސަރަހައްދުގައި ކަނޑުތައް މަޑުވިނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ. އަދި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު