މާލީ ހަރަދު ކުޑަކުރެވޭނީ ވެރިން ނަމޫނާ ދައްކައިގެން: ފާރިސް

3 months ago

އަފްރާހް

ދައުލަތުގެ މާލީ ހަރަދު ކުޑަކުރެވޭނީ ސަރުލާރުގެ ވެރީން ނަމޫނާ ދައްކައިގެން ކަމުގައި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.


އަލީ އާރިފް ވިދާޅުވީ ހަަރަދު ކުޑަކުރުމުގެ ގޮތުން އަބަދު ޓޭކްއަވޭ ހަދައިގެން ކާ ކެއުން ހުއްޓާލައި ގަރުދިޔައާއި ބަތާއި ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން ޖެހޭ ކަމަށެވެ.


މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ މެމްބަރުކަން ކުރައްވައި، އެންމެފަހުން ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ފާރިސް މައުމޫން ވިދާޅުވީ ސަރުކާރުގެ މާލީ ހަރަދު އިހްލާސްތެރިކަމާއެކީ ކުޑަ ކުރުމަށް ބޭނުންވާނަމަ، އެންމެފުރަތަމަ ކުރާންޖެހޭ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންގެ މަޖިލީހާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި އެންމެހާ ބޭފުޅުން ނަމޫނާ ދެއްކެވުން ކަމަށެވެ.


މީގެއިތުރުން އެސް.އޯ.އީ.ގެ އެމްޑީންގެ މުސާރަ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ވެސް ކުޑަކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.


އަލީ އާރިގފް ގެ މިވާހަކަތަކާއި ގުޅިގެން މީސްމީޑިއާގައި ވެސް ގަރުދިޔަ އާއި ބަތުގެ ފޮޓޯތަކާއި ޕޯސްޓުތައް ރަސްކަންކުރަމުން އަންނައިރު، އަލީ އާރިފަށް ދަނީ ގިނަބައެއްގެ ފާޑުކިޔުން ވެސް އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު