މަޖީދިއްޔާ ސްކޫލަށް ގަރުނެއް، 1000 ދުވަހުގެ ކައުންޓްޑައުނެއް

3 months ago

އަފްރާހް

މަޖީދިއްޔާ ސްކޫލަށް ގަރުނެއް (100 އަހަރު) ފުރޭ މުނާސަބާއާއި ގުޅުވައި، 1000 ދުވަހުގެ ކައުންޓްޑައުނެއް ފެށުމަށް ނިންމައިފިއެވެ.


މިކަމާއިގުޅޭ މައުލޫމާތު 'އޮއިވަރު' އަށް ހިއްސާކުރައްވަމުން މ.މ.ދ ޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު ޢަޒްމީ ވިދާޅުވީ ކައުންޓްޑައުން ފަށާނީ މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި ސްކޫލަށް 100 އަހަރު ފުރޭ ހާއްސަ މުނާސަބާ އާއި ގުޅިގެން މޮނިއުމެންޓެއް ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.


އަޒްމީ ވިދާޅުވީ މިއީ ކްރައުޑް ފަންޑިންގ އިން ހަދާ މޮނިއުމެންޓެއް ކަމަށެވެ. އަދި މޮނިއުމެންޓު ހެދުމުގެ މަސައްކަތް ޖުލައި 6 ވަނަ ދުވަހު ބަޔަކާ ހަވާލުކުރެވި، އެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ މޮނިއުމެންޓު ހެދުމަށް ގާތްގަޑަކަށް ހަތަރުލައްކަ ރުފިޔާ ހަަރަދުވާނެކަަމަށް ލަފާކުރެވޭ ކަަށެވެ. އަދި މިކަަމަށް އެހީތެރިކަން ދެއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.


ރާއްޖޭގައި އެންމެފުރަތަމަ އުފެދުނު ޖަމިއްޔާގެ ބައި-އިލެކްޝަނެއް ބާއްވާ، އައު ހިންގާ ކޮމެޓީ ރައީސްގެ މަގާމަށް އަހްމަދު އަފްއާލް (އޭޑީކޭ އަފްއާލް) އަދި ނައިބު ސެކްރެޓަރީގެ މަގާމަށް ޒިޔާއު އިންތިހާބުކޮށް، އައު ހިންގާ ގަވާއިދެއް ވެސް އެކުލަވައިލާފައިވާކަމަށް އަޒްމީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު