ހުނަރުވެރި ޒުވާނާ ކެމްޕެއިން ފަށައިފި

3 months ago

އަފްރާހް

"ހުނަރުވެރި ޒުވާނާ"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.


ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ހުނަރު ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި 15 ވަނަ ދުވަހުއެވެ. 


އެހެންކަމުން މި މިނިސްޓްރީން އަދި ( މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު) މީރީ އިން އެދުވަހާއި ގުޅިގެން މިވަނީ ތަފާތު ދާއިރާތަކުން ފާހަގަކުރެވޭ ހުނަރުވެރި ޒުވާނުންނާއި ބައްދަލުކޮށް އެދާއިރާތަކުން ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ބަލާފައެވެ. އަދި އެޒުވާނުންގެ ތަޖްރިބާ މުޖުތަމަޢުއަށް ހިއްސާކުރުމުގެ ގޮތުން ކެމްޕެއިން އެއް ފަށާފައެވެ.


އެއް އަހަރުގެ މުއްދަތައް ކުރިޔަށް ގެންދާ މި ކޭމްޕެއިން އިއްޔެ ފަށާ، ޒުވާން ހުނަރުވެރިއެއްގެ ވާހަކަތައް ވާނީ މިނިސްޓްރީގެ ސޯޝަލް މީޑިއާ ގެ މަންސަތަކުން ހިއްސާކޮށްފައެވެ. އެގޮތުން އިއްޔެ ވާނީ މަށިން ހިފާގެންގުޅޭތަކެތި ތައްޔާރުކޮށް، އެދާއިރާއިން މީހުން ތަމްރީން ކުރަމުންދާ ހުނަރުވެރި ޒުވާނެއްކަމަށް ވާ ޒާރާ އިސްމާޢީލްގެ ވާހަކަތައް ކްލޭ ސްޓޫޑިއޯއިން ގެނެސް ދީފައެވެ.


"ހުނަރުވެރި ޒުވާނާ" ކެމްޕެއިން ވީޑިއޯތައް މި މިނިސްޓްރީގެ ފޭސްބުކް ޕޭޖާއި އިންސްޓަރގްރާމް އަދި ޓިކްޓޮކް އެކައުންޓުން ފެނިގެންދާނެއެވެ. 


މި ކެމްޕއިންގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ތަފާތު ދާއިރާ ތަކުން ހުނަރުވެރި މަސައްކަތްތެރި ޒުވާނުންގެ ވާހަކަތަކާއި، އެޒުވާނުންގެ އެ ދަތުރުގައި ކުރިމަތިލި ގޮންޖެހުންތަކުން އަރައިގަތް ގޮތާއި، ކާމިޔާބީ ޙާސިލް ކުރުމަށް ކުރި މަސައްކަތްތައް ގެނެސް ދެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު