5 months ago
ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތަކުން މަހްރޫމްވާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މިނިވަން ދުވަހުގެ ތަހުނިޔާ ރައްދުކުރައްވައި، އެމަނިކުފާނު ވިދާޅުވީ ކޮޅުނެތް ކޮޅުގެ މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެގެން ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
" ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތްތަކުން މަހްރޫމްވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ބުއްދިވެރިކަން އިސްކުުރުން ވަރަށް މުހިންމު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
Minivan dhuvahuge thahniya. Alhugadah fennagothuga kolhu neh kolhuge minivan kameh Raajje ah dhemehehteynee beyruge dharaneen salaamaiyve thibevigen. Dharani nethi ulhumun sarukaarun dhey ethah khidhmathakun mahuroom vaane. Ehenas buhdhi verikan iskurun varah muhinmu.
— Mohamed Nasheed (@MohamedNasheed) July 26, 2024
އެމަނިކުފާނު މިފަދައިން ވިދާޅުވެ މެސެޖު ކުރައްވާފައިވާއިރު، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރުގެންދަވަނީ ޚަރަދުތައް ކުޑަކުރުމަށް ބާރުއަޅުއްވައި، ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.
އެގޮތުން އިގްތިސާދު ރިފޯމް ކުރުމުގެ އެޖެންޑާ އެއް ފައްޓަވާފައިވާއިރު، އެ އެޖެންޑާ ރަނގަޅަށް ތަންފީޒުވެގެން ގޮސްފިނަމަ 2028 ވަނަ އަހަރު ބެލެންސް ބަޖެޓެއް ހުށަހެޅޭނެ ކަމަށް ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު ވެސް ވަނީ ވިދާޅުވެފައެވެ.