ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސް ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއް: އާދަމް ނަސީރު

2 months ago

އަފްރާހް

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.


މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ގައުމެއް މިނިވަންވަނީ ގިނަ ބަޔަކު ހިންމަތާއި މިންނަތުންކުރާ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ. އަދި މިނިވަންކަމަކީ ހިންމަތާއި ގަދަ ޢަޒުމާއެކުކުރާ މަސައްކަތަކުން ހޯދޭ އެއްޗެއްކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ރައީސް ކުރައްވަމުންގެންދަވަނީ އުންމީދީ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު ރައީސް އަކީ އެއްވެސް ތާކު އަނިޔާއާއި ލާއިންސާނީ ކަންކަން ދެމި އޮންނަން ބޭނުންފުޅުނުވާ ބޭފުޅެއް ނޫކަން ޔަގީންވާ ކަމަށް ވެސް ވަޒިރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމާލަތަކާ ދެކޮޅަށް އަޑުއުފުއްލަވައި، މި މައްސަލައާމެދު އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުން އެކަން ވަަރަށްބޮޑަށް ހާމަވަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު