އަންހެން ކަނބަލުންނަށް ހާއްސަ ލޯނުތައް ތައާރަފް ކުރަނީ

2 months ago

އަފްރާހް

އަންހެން ކަނބަލުންނަށް ހާއްސަ ލޯނުތައް ތައާރަފު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.


ރައީސް ވަނީ އުފެއްދުންތެރިން އުފައްދާ ތަކެތި ބައިނަލްއަގްވާމީ ބާޒާރަށް ވިއްކޭނެ ޒަމާނީ އަދި ފަސޭހަ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި ފަރުދުންގެ އާމުދަނީ އިތުރުކުރުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަން ފާހަގަކުރައްވައި، ވިދާޅުވީ މި ފައިސާއިން ދައުލަތް ހިންގުމަށް ޚަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށް ވެސް ހޭދަކޮށްފައިވާނެ ކަމަށެވެ. އަދި މިހައިތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނޭކަން ވެސް ފާހަގަކުރެއްވިއެވެ.


ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ.


އެގޮތުން މިފްކޯ ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ ކަންކަން ފާހަގަކުރައްވައި އެ ކުންފުނި ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ލޯނުބޭނުންވަނީ ހަމައެކަނި ކަނބަލުންނަކަށްއެކަން ޏެއްނޫން ކަލުންނަށްވެސް ހަމައެފަދައިން ލޯނުބޭނުންވޭ ބޭނުންވާނެ ވީމައި ކަލުންނާއިކަނބަލުންނަށްވެސް ލޯނުދެއްވުމުގައި ސަރުކާރުން ހަމަހަމަ މިންގަނޑެއްގެންގުޅުއްވުން ވަރަށްމުހިއްމު

2 months ago