އައިޖީއެމްއެޗުގެ މުވައްޒަފުން އެ ހޮސްޕިޓަލް ފޮޅާ ސާފުކޮށްފި

2 months ago

އަފްރާހް

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ފޮޅާ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިސްނެގުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުގައި ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމާއި ހޮސްޕިޓަލްގެ މެނޭޖްމަންޓުން ބައިވެރިވެފައިވާ ކަމަށެވެ.


އެ ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލަށްވެފައި، ކޮންމެދުވަހަކު ވެސް އެތައް ހާސްބަޔަކު ހިދުމަތް ހޯދާތަނަކަށްވުުމުން އެތަން ސާފުކޮށް ބޭއްވުމަކީ މުވައްޒަފުން އިސްކަންދޭކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.


މިހަރަކާތުގައި 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ހަރަކާތުގައި ހިމަނައިގެން ވިލިމާލޭ ހޮސްޕިޓަލް ވެސް ސާފުކޮށްފައިވާކަަމަށް އައިޖީއެމްެއެޗުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު