ދީމާ ދެއްކީ ގައުމު ފަޚުރުވެރިވާފަދަ ކުޅުމެއް: ރައީސް

2 months ago

އަފްރާހް

މިހާރުކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ރާއްޖޭގެ އެއްނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ކުޅުނު ފުރަތަމަ މެޗުން ބަލިވިނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފް ކުރައްވައިފއެވެ.


ދީމާގެ ފުރަތަމަ މެޗު ކުޅުނީ ޖުލައި 27 ވީ ހޮނިހިރު ދުވަހު އިރުއޮއްސި 6 ޖެހިއިރުއެވެ. ބައްދަލުކުރީ ޕޮލަންޑްގެ ކަޓާރްޒައިނާ ވޭގަޖަން އާއެވެ. ޓީޓީ އިވެންޓުގެ ޕްރިލިމިނަރީ ބުރުގައި ކުޅުނު މި މެޗު ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގގެ 135 ވަނައިގައި އޮތް ކަޓާރްޒައިނާ މެޗު ކާމިޔާބު ކުރީ ފުރިހަމަ 4 ސެޓުންނެވެ.


އޭނާ މި މެޗު ކާމިޔާބުކުރީ 11-05, 11-05, 11-02 އަދި 11-08 އިންނެވެ. އެހެންނަމަވެސް ދީމާ ވަނީ ހްތވަރު އެލުވައިނުލައި، ކުޅެފައެވެ. ދީމާއަކީ މިހައިތަނަށް ރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވި ހަމައެކަނި އެތްލީޓުވެސް މެއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު ދީމާގެ ކުޅުމަށް ތައުރީފް ކުރައްވައި، އެކްސްގައި ވިދާޅުވީ "ތިޔަ ހިތްވަރާއި މޮޅު ކުޅުމަށް މުޅި ގައުމު ފަޚުރުވެރިވާ" ކަމަށެވެ.


މި މަހުގެ 26 އިން އޮގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގައ ރާއްޖޭން ބައިވެރިވަނީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިންގ އަދި ޓޭބަލް ޓެނިހުގައެވެ.


ކިޔުންތެރިންގެ ހިޔާލު