މިނިސްޓަރ ޣަައްސާން މަޖިލީހަށް ހާޟިރު ކުރަނީ

23 hours ago

އަފްރާހް

ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޟިރު ކުރަން ހުށަހަޅައިފިއެވެ.


ތުރުކީން ރާއްޖެއަށް ގަތް ޑްރޯންތައް ބޭނުންކުރޭތޯ އޮޅުން ފިލުވުމަށް އެމަނިކުފާނާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.


މީކާއިލް ހުށަހެޅުއްވި ނޯޓިސްގައި ސުވާލު ކުރައްވާފައިވަނީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއަރ ކޯގެ ހިދުމަތަށް ގެނައި ޑްރޯން ބޭނުން ކުރަން ފަށާފައިވޭތޯއެވެ. އަދި މިހާތަނަށް ޑްރޯން ބޭނުން ކޮށްފައިވަނީ ކޮން ބޭނުމެއްގައިތޯ ވެސް ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


މި ޑްރޯންތައް ބޭނުންކުރިކަން މިހައިތަނަށް އެނގިފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު، މ. އަތޮޅު ރަތްމަންދޫ ބޭރުން ގެއްލުނު ދޯންޏެއް ހޯދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު