ހިތަދޫ ޗަސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

11 hours ago

އަފްރާހް

އައްޑު ސިޓީ ހިތަދޫ ޗަސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ ހިތަދޫ އާރިކިޅި ޗަސް ބިމުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، ނިއްވާލާފައިވާ ކަމަށެވެ.


މި ހާދިސާގެ ރިޕޯޓު ލިބުނީ އޮކްޓޯބަރ 22 ވަނަ ދުވަހުގެ ހަވީރު 5:48 ހާއިރު ކަމަށާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.


މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭގަނޑު 7:05 ގައި ކަމަށް އެ އިދާރާ އިން ވިދާޅުވިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު