އިސްލާމީ އަގީދާގެ ތިން ވަނަ ދައުރާ ނިންމާލައިފި

10 hours ago

އަފްރާހް

އިސްލާމީ އަގީދާއާއި ބެހޭ ތިން ވަނަ ދައުރާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.


މިއީ އިސްލާމިކް މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.


އޮކްޓޯބަރ 22 ވަނަ ދުވަހުގެ ހެނދުނު ފެށި ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވީ ސަޢުދީ ޢަރަބިއްޔާގެ ޖާމިޢަތުލް އިމާމް މުޙައްމަދު ބުން ސަޢުދް އަލްއިސްލާމިއްޔާގެ ދެ ޕްރޮފެސަރުންކަމަށްވާ ޑރ. މުޙައްމަދު ބުން ޢަލީ ޢަބްދުލްލަޠީފްއާއި ޑރ. މުޙައްމަދު ބުން ފަޙްދް އަލްފުރަޢިޙްއެވެ.


މި ދައުރާގައި އަގީދާއާއި ބެހޭ މުހިއްމު މައްސަލަތަކާއި ގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ދެއްވާފައެވެ. މި ދައުރާގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި، އިމާމުންގެ އިތުރުން ސްކޫލް ދަރިވަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.


މިއީ އިސްލާމިކް މިނިސްޓްރީ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަހަރު ކުރިއަށް ގެންދެވުނު ތިން ވަނަ ދައުރާއެވެ. މި ތިން ދައުރާގައި ވެސް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. 


ކިޔުންތެރިންގެ ހިޔާލު