އައްޑޫ ސިޓީ ސްކޫލުތަކުގެ ދަރިވަރުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފި

3 hours ago

އަފްރާހް

އެމްއެންޑީއެފް އިން އައްޑޫ ސިޓީ ސްކޫލުތަކުގެ ދަރިވަރުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އެމްއެންޑީއެފާއި ގައުމީ ކެޑޭޓް ކޯރ ގުޅިގެން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ބޭންޑު ދަރިވަރުންނާއި ކެޑޭޓުންނަށް ކުރިޔަަށް ގެންދިޔަ ޕްރޮގްރާމެކެވެ.


އެއްދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމުގައި ހިތަދޫ ސްކޫލު، ނޫރާނީ ސްކޫލު، އިރުޝާދިއްޔާ ސްކޫލު، މަރަދޫ ސްކޫލު، ފޭދޫ ސްކޫލު އަދި ސ. އަތޮޅު މަދަރުސާ ހިމެނޭހެން ބޭންޑުގެ 71 ދަރިވަރުންނާއި 30 ކެޑޭޓުން ބައިވެރިވިއެވެ.


މި ޕްރޮގްރާމްގައި ބޭންޑު ފަރިތަކުރުމާއި ހެވިކަމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.


ބޭންޑް އަދި ހެވިއެދުރެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގައި މަސައްކަތްކުރާ ސްޓާފް ސާޖަންޓް މުޙައްމަދު މިޤްދާދެވެ.


ކިޔުންތެރިންގެ ހިޔާލު