ފޮރިން މިނިސްޓަރ ސައުދީ އަށް

1 month ago

އަފްރާހް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފިއެވެ.


މިއީ ރިޔާދުގައި ބާއްވާ އަރަބް އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ސައުދި އަރަބިއްޔާގެ އިސްނެގުމުގެ ދަށުން ބާއްވާ މި ސަމިޓުގައި އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކާއި ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާއި ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.


މީގެއިތުރުން އިސްލާމީ ގައުމުތަކުން މިކަމުގައި އެކަތި ގަނޑަކަށް ވާން ޖެހޭނެކަން ފާހަގަކުރައްވައި، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމު މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު