ވީއައިއޭ ގެ އައު ޓަރމިނަލް ނިންމަން އޭޑީއެފްޑީން އިތުރު 40 މިލިއަން ޑޮަލަރު

14 hours ago

އަފްރާހް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫއު ނިންމުމަށް އަބޫދާބީން އިތުރު 40 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.


ޑިސެމްބަރު 24، ވީ އަންގާރަ ދުވަހު އަބޫދާބީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީއެވެ.


މި ފައިނޭންސިންގ އެއްބަސްވުމުގެ ދަށުން ވީއައިއޭގެ ހުޅަނގު ފަރާތުގެ ފަސިންޖަރުން ބޭނުންކުރާ ޓަރމިނަލް ތަރައްގީކޮށް، 26 މަތިންދާބޯޓު ބޭއްވޭ ވަރަށް ބޮޑުކޮށް، ބައިނަލްއަގްވާމީ ފަސިންޖަރުންނަށް އައު އިމާރާތެއް އެޅުން ހިމެނެއެވެ.


އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން މީގެކުރިން ވެސް ވަނީ މި މަޝްރޫއުގެ ފުރަތަމަ މަރުހަލާތަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދީފައެވެ. އެހެންކަމުން މި މަޝްރޫއަށް މިހާރު ޖުމްލަ 90 މިލިއަން ޑޮލަރު އޭޑީއެފްޑީން މިވަނީ ދީފައެވެ.


އޭޑީއެފްޑީން 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގިނަ މުހިންމު މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީ ފައިނޭންސްކޮށްދީފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު