ތޯމަސް އެޑިޝަންގެ ވާހަކަ: ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑި

2 days ago

ރަމީޒު

އެއްދުވަހަކު ކުޑަކުއްޖެއް ސިޓީ އުރައެއް ހިފައިގެން މަންމަ ކައިރިއަށް އާދެއެވެ. އަދި މަންމައަށް ސިޓީ އުރަ ދިއްކޮށްލުމަށްފަހު ބުންޏެވެ. މިއީ މުދައްރިސް ދިން އެއްޗެކެވެ. މަންމަ އެސިޓީ އުރާގައި ހިފައި، އޭގައިވާ އެއްޗެއް ކިޔާލިއެވެ. މަންމަގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. އަދި އެދަރިފުޅާ ދިމާލަށް ބަލާލާފައި ބުންޏެވެ. ދަރިފުޅާއެވެ. މުދައްރިސް ޤަބޫލުކުރާގޮތުގައި ތިއީ ވަރަށް މޮޅު ކުއްޖެކެވެ. ހިތް އަލި ކުއްޖެކެވެ. ވިސްނުންތެރި ކުއްޖެކެވެ. 


ވީމާ، މުދައްރިސް އެދެނީ ދަރިފުޅު ވަރަށް މޮޅު ސްކޫލަކަށް ފޮނުވާށެވެ. އެހެނީ އެސްކޫލުގައި ދަރިފުޅަށް ކިޔަވާދޭނެ ޤާބިލުކަމެއް ނެތެވެ. ކޮންމެއަކަސް މިގޮތުގެ މަތިން އެކުއްޖާ އެހެން ސްކޫލަކަށް ދިޔައެވެ. ޒަމާންތަކެއް ފާއިތުވެ އެކުއްޖާ ބޮޑުވެގެންދިޔައީ ދުނިޔޭގެ ތާރީޚުން ޖާގަ ހޯދި ކުއްޖަކަށެވެ. ފޮތްތަކުގައި އެނަމެއް ފަޑުނުވެ ދެމިހުންނާނެ ޒިކުރާ އަކަށެވެ. ޢިލްމާ ޙިލްމާއި، ބުއްދީގެ މިސާލަކަށެވެ. ބޮޑުވެގެން ދުނިޔޭގެ މަޝްހޫރު ސައެންޓިސްޓަކަށް ވުމަށްފަހު އެކުއްޖާ އަމިއްލަ ގެއަށް އައިސް ކޮޓަރި ސާފުކުރަނިކޮށް އެއްކަލަ ސިޓީ އުރަ ފެނުނެވެ.


އެއީ އެކުއްޖާގެ ހާލަތް ބަދަލުކޮށްލި ސިޓީއުރައެވެ. ވަރަށް އުފަލާއެކު އޭނާ އެސިޓީއުރަ ކަނޑާލައި އެސިޓީ ކިޔަން ފެށިއެވެ. އެކަމަކު އެސިޓީގައިވަނީ މުޅިން އެހެން އެއްޗެކެވެ. މަންމަ އެދުވަހު ދެއްކި އެއްވެސް ވާހަކަ އެއް ނެތެވެ. ނުވީތާނގައި އެސިޓީގައިވަނީ މިފަދައިންނެވެ.


"ބެލެނިވެރިއާ އަށް...... މަޢާފުކުރާށެވެ. އެކަމަކު ތިބާގެ ދަރިފުޅު ތޯމަސް އެޑިޝަން އަކީ ވިސްނުން ކޮށި ކުއްޖެކެވެ. އޭނާއަކަށް ފުރިހަމައަކަށް ފިލާވަޅުތައް ނަގައެއް ނުގަނެވެ. ވީމާ، ސްކޫލަށް އޭނާ ފޮނުވައިގެން ވާނެ ފައިދާއެއް ނޯންނާނެއެވެ."


ފަހެ، އެދުވަހު އެހެންވީމާ މަންމަ ހެދީ ދޮގެކެވެ. އެކަމަކު އެދޮގު އޭނާއަށް ޔަގީންކަން ދިނެވެ. އެހެނީ އޭނާ ވެގެންދިޔައީ ދުނިޔޭގައި އެންމެ ފުރަތަމަ ބޮތްކެއް ދިއްލާލި މީހާއަށެވެ. ސިކުނޑި ގާކަމާއި ވިސްނުން ކުޑަކަމަށް ބުނި ކުއްޖާވީ މުޅި ދުނިޔެއަށް އަލިކަން ގެނެސްދިން ކުއްޖަކަށެވެ. މިވާހަކަ އިން އެނގެނީ މަންމަގެ ލޯތްބެވެ. ދަރިންނަށް އޮންނަ އިތުބާރެވެ. އަދި ވިސްނުން ބަދަލުވެއްޖެ ނަމަ މަންޒިލު ބަދަލުކުރެވިދާނެކަމުގެ ހެއްކެވެ.


ތާރީޚުގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަ އެންމެ އިބްރަތްތެރި ވާހަކަތަކުގެ ތެރޭގައި މިވާހަކަ ހިމެނެއެވެ. އެހެނީ މި ވާހަކައިން އަޅުގަނޑުމެންނަށް ދަސްވަނީ މައިންބަފައިންގެ ލޯތްބާއި، ދަރިންނަށް އޮންނަ އިތުބާރުގެ މުހިންމުކަމެވެ. އަދި ހަމައެހެންމެ، މީހެއްގެ ވިސްނުން ބަދަލުވެއްޖެނަމަ، އޭނާގެ މުޅި ހަޔާތް ބަދަލުކުރެވިދާނެކަމުގެ ހެއްކެވެ.


ތޯމަސް އެޑިޝަން ޙަޔާތުން އަހަރުމެން ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް އެބަހެއްޓެވެ. މިގޮތުން ބަލާއިރު:


(ހ) ހިތްވަރު ދޫ ނުކުރުން: ތޯމަސް އެޑިޝަންއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލައި، އޭނާގެ މަޤްޞަދު ހާސިލުކުރުމަށް ދެމިހުރި ގޮތުން އަޅުގަނޑުމެންނަށް ދަސްވަނީ ހިތްވަރު ދޫނުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަމެވެ. މިގޮތުން ތޯމަސް އެޑިސަންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އޭނާ ކަރަންޓު ބޮކި އުފެއްދުމަށް ކާމިޔާބު ޑިޒައިނެއް ހެދުމުގެ ކުރިން 2،774 ފަހަރު ނާކާމިޔާބުވިއެވެ. އެކަމަކު ހިތްވަރު ދޫނުކޮށް އޭނަ ކުރި މަސައްކަތުން ބޮކި އުފެއްދިއެވެ.


(ށ). އަމިއްލަ ޤާބިލިއްޔަތަށް އިތުބާރުކުރުން: އެހެން މީހުން ދެކޭގޮތް މުހިންމު ނަމަވެސް، އަމިއްލަ ޤާބިލިއްޔަތަށް އިތުބާރުކޮށް، އަމިއްލަ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން މި ވާހަކައިން ދަސްވެއެވެ.


(ނ). އުނގެނުމުގެ މުހިންމުކަން: ތޯމަސް އެޑިޝަން އަބަދުވެސް އައު އެއްޗެހި ދަސްކުރުމަށް ޝައުޤުވެރިވިއެވެ. މިއީ މިޒަމާނުގެ ދަރިވަރުންނަށްވެސް ވަރަށް މުހިންމު ސިފައެކެވެ.


(ރ). ނާކާމިޔާބީން ފިލާވަޅު ލިބިގަތުން: ތޯމަސް އެޑިޝަން ގިނަ ފަހަރު ނާކާމިޔާބުވިއެވެ. ނަމަވެސް، ކޮންމެ ނާކާމިޔާބީއަކުން އޭނާ ފިލާވަޅު ލިބިގަތެވެ. މިއީ ކޮންމެ ދަރިވަރަކުވެސް ދަސްކުރަންޖެހޭ މުހިންމު ކަމެކެވެ.


(ބ). އުފެއްދުންތެރިކަމުގެ މުހިންމުކަން: ތޯމަސް އެޑިޝަންގެ އުފެއްދުންތެރިކަމުގެ ސަބަބުން އޭނާއަށް ގިނަ އީޖާދުތައް ކުރެވުނެވެ. މިޒަމާނުގެ ދަރިވަރުންވެސް އުފެއްދުންތެރިކަމަށް އިސްކަންދޭންޖެހެއެވެ.


ތޯމަސް އެޑިސަންއަކީ ޓްރަޔަލް އެންޑް އެރަރ (ތަޖުރިބާކޮށް ކުށް ރަނގަޅުކުރުމުގެ) އުސޫލު ބޭނުންކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އަދި އޭނާ އެއްފަހަރު ބުނެފައިވެއެވެ، "އަހަރެން 10،000 ފަހަރު ނާކާމިޔާބެއް ނުވަމެވެ. އަހަރެން ވަނީ މިކަން ނުވާނެ 10،000 ގޮތް ކާމިޔާބުކަމާއެކު ހޯދާފައެވެ". އަދި އޭނާ އިތުރަށް ބުނެފައިވެއެވެ، "އަހަރެން 1000 ފަހަރަކު ނާކާމިޔާބެއް ނުވަމެވެ. ކަރަންޓު ބޮތްކަކީ 1000 ފިޔަވަޅު ހިމެނޭ އީޖާދެކެވެ".


އެހެންކަމުން، ތޯމަސް އެޑިޝަންގެ ވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ގިނަ އިބްރަތްތެރި ފިލާވަޅުތަކެއް ލިބެއެވެ. މައިންބަފައިންގެ ލޯތްބާއި އިތުބާރާއި، އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަމާއި، އަދި ކެތްތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން މި ވާހަކައިން ދޭހަވެއެވެ. މިޒަމާނުގެ ދަރިވަރުން މި ވާހަކައިން ފިލާވަޅު ލިބިގަނެ، އަމިއްލަ ޤާބިލިއްޔަތަށް އިތުބާރުކޮށް، ހިތްވަރު ދޫނުކޮށް ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ. އަދި އަބަދުވެސް އައު އެއްޗެހި ދަސްކުރުމަށް ޝައުޤުވެރިވެ، އެ ޢިލްމު މުޖުތަމަޢުއަށް ފައިދާހުރި ގޮތުގައި ބޭނުންކުރަން މަސައްކަތްކުރަންވާނެއެވެ.


ތޯމަސް އެޑިޝަންގެ ހަޔާތުން އަޅުގަނޑުމެންނަށް ދަސްވަނީ، ކޮންމެ މީހަކުވެސް އަމިއްލަ ހުނަރާއި ޤާބިލިއްޔަތު ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކޮށްފިނަމަ، އެ މީހަކަށް ދުނިޔެ ބަދަލުކުރެވިދާނެކަމެވެ. ވީމާ، ކޮންމެ ދަރިވަރަކުވެސް އަމިއްލަ ޤާބިލިއްޔަތަށް އިތުބާރުކޮށް، ކެތްތެރިކަމާއި ހިތްވަރާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު