5 months ago
މެނިންގޮކޯކޮލް ގައި ބޮޑުވަރުވާ ކޭސްތައް މަދު ކަމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ވިދާޅުވީ މި ބަލީގެ ބޮޑެތި އަލާމާތްތައް ފެންނަނީ ބަލި ޖެހޭ 100 މީހުންގެ ތެރެއިން ގާތްގަނޑަކަށް 10 މީހުންގެ ކަމަށެވެ. އަދި މިއީ އާއްމު ރޯގާތަކަށްވުރެ، އަވަހަށް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ބައްޔެއްކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ހަށިގަނޑުގައި ހުންނާނެކަމަށް ބެލެވެނީ ހަތް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަށްކަމަށްނަމަވެސް އެންޓިބައޮޓިކާއި ވެކްސިން ޖެހުމުގެ ސަބަބުން ބެކްޓީރިއާ އަވަހަށް މަރާލާކަމަށެވެ.
މީގެއިތުރުން ވައިގެ ތެރޭގައި މިބެކްޓީރިއާ ހުންނަ ވަގުތު ވެސް ވަރަށް ކުޑަކަން ވަނީ ފާހަގަކުރައްވާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖެއިން ފެނުނު މެނިންގޮކޮކަލް ބަލީގެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުން، ބަލި ނުފެތުރޭނެގޮތަށް ދީފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހައްޖުން އަންނަ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި މިހާރު ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވާފައެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން ހިމެނެއެވެ. އަދި ވާނުވާ ނޭގުމާއި ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ޖެހުންފަދަ އަލާމާތްތައް ވެސް ހިމެނެއެވެ.
ޢަހުމަދު
މުރާދުގެ ފުޓޯފެނުނަސް ރުޅި އާދޭ
5 months ago