ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު 4 މީހުން ހިފަހައްޓައިފި

3 months ago

އަފްރާހް

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު 4 މީހުން ހިފަހައްޓައިފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެއީ 4 ބިދޭސީން ކަމަށެވެ. އަދި އެމީހުން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރީ މި ޖުލައި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.


އެ އިދާރާ އިން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ކަމަށެވެ.


އެހެންނަމަވެސް މި މީހުންނާއިގުޅޭ އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވައެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ދިވެހި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


އެގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުން އަތުލައިގަތުމަށް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހާއްސަ ރެއިޑް އޮޕަރޭޝަންތަކެއް ވެސް ކުރިއަށްގެންދަވައެވެ. އަދި މިފަދަ އޮޕަރޭޝަންތަކުުގައި މިހައިތަނަށް 60 އަށްވުރެ ގިނަ މީހުން އަތުލައިގަނެފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު