ޗައިނާއިން ހިންމަފުއްޓަށް ސޯލާ ބައްތި ހަދިޔާކޮށްފި

3 months ago

އަފްރާހް

ޗައިނާއިން މާލެއަތޮޅު ހިންމަފުއްޓަށް ސޯލާ ބައްތި ހަދިޔާކޮށްފިއެވެ.


މިކަން ހާމަކުރައްވާފައިވަނި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ އެކްސް ޕޯސްޓްގައި ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށްދެއްވާފައިވާ ކަަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.


މި ކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާކަން ހާމަވެގެން ދާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.


އެރަށުގައި ޖެހި މަގުބައްތިތައް ދިއްލުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވައިފައިވާ ސަފީރު އެކްސެލެންސީ ވާންގް ލިޒިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ މި އެހީއަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ފަރާތުން ފޯރުކޮށްދެއްވި އެހީތެރިކަމެއް ކަމަށެވެ.


މީގެއިތުރުން ތަރައްގީއަށް ބޭނުންވާ މި ފަދަ ޒަމާނީ ވަސީލަތްތަކާއި އެހީތެރިކަން ރާއްޖެއަށް ފޯރުކޮށް ދެއްވުމުގައި އެގައުމުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ޑެވިލް

ދެބައިކުޅަ އެއްބައި ޖީބަށް. ހަރުކުރާނީ 80 ބައްތި.

3 months ago