ވޭތުވެދިޔަ ހަފުތާގައި ލޮލުރޯގާ ޖެހުނު އަދަދު ދަށަށް

3 months ago

އަފްރާހް

ވޭތުވެދިޔަ ހަފުތާގައި ލޮލުރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ދަށަށް ގޮސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައފިއެވެ.


އެ އެޖެންސީން ވިދާޅުވީ ލޮލޮރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދާއި ލ އަދި ޏ އަތޮޅުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވަނީ 337 ކޭސް ކަމަށް ވިދާޅުވިއެވެ. މިއީ އޭގެކުރީ ހަފުތާ އާ އަޅާބަލާއިރު، 70 ކޭސް މަދު އަދަދެކެވެ.


މީގެއިތުރުން ފާތުވެދިޔަ ހަފުތާގައި ފާނަބަސަންތު ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު ކުރީ ހަފްތާއަށްވުރެ، އިތުރުވެފަިއވާއިރު، އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދާއި ޅ އަދި ސ އަތޮޅުން ކަމަށް ހާމަކުރައްވައެވެ.


އެގޮތުން ފާނަބަސަންދުގެ 107 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެކުރީ ހަފުތާގައި ރިޕޯޓުކުރީ 94 ކޭހެވެ.


އެޗްޕީއޭ އިން ވިދާޅުވީ ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު ވެސް ވޭތުވެ ދިޔަ ހަފްތާގައި އިތުވެފައިިވާ ކަމަށެވެ.


މި ބަލިޖެހިގެން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދާއި އދ އަތޮޅުން ކަމަށްވާއިރު، 35 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ކުރީ ހަފުތާ އާ އަޅާބަލާއިރު، 24 ކޭސް އިތުރުވުމެކެވެ.


ކިޔުންތެރިންގެ ހިޔާލު