ލ. ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

3 months ago

އަފްރާހް

ލ. ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އަލިފާން ރޯވެފައިވަނި ލިންކް ރޯޑުން މާންދޫއިން ގަމަށް ދަތުރުކުރަމުން ދިޔަ ކާރެއްގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ހަރަކާތްތެރިވެ، އެ އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ފުލުހުން އިތުރަށް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު