ޕާކިސްތާނުން، ސަލަހުއްދީން ސްކޫލަށް 32 ސްމާޓް ޓީވީީ

3 months ago

އަފްރާހް

ޕާކިސްތާން ސަރުކާރުން ހުޅުމާލޭ ސަލަހުއްދީން ސްކޫލަށް ސްމާޓް ޓީވީީ ހަދިޔާކޮށްފިއެވެ.


ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ވިދާޅުވީ ހަދިޔާކޮށްފައިވަނީ 32 ޓީވީ ކަމަށެވެ. މިއީ އެ ސްކޫލު ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަަތަށް ޕާކިސްތާނު ސަރުކާރުން ވެދެއްވި އެހީތެރިކަމެކެވެ.


މި ތަކެތި އެ ސްކޫލަށް ހަވާލުކޮށްދެއްވީ ޕާކިސްތާން ސަރުކާރުގެ ފަރާތުން ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ރިޓެއަރޑް މުހައްމަދު ފައްޔާޒު ގިލާނީ އެވެ. މި ތަކެއްޗާއި އެ ސްކޫލުގެ ފަރާތުން ހަވާލުވެލެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުހައްމަދާއި އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސްއެވެ.


މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގެ ޑިޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަހްމަދާއި ސަލާހުުއްދީން ސްކޫލުގެ ދަރިވަރުންނާއި ބެެނިވެރިން އަދި މުދައްރިސުން ވަނީ ބައިވެރިވެފައެވެ.


ސަފީރު ވިދާޅުވީ މިއީ ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޕާކިސްތާނުގެ ސަރުކާރުން ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. އަދި މިފަދަ އެހީތައް ކުރިއަށް އޮތް ތަނުގައި ވެސް ވެދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.


ސްޓޭޓް މިނިސްޓަރ ވަނީ ޕާކިސްތާނުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިފަދަ ކަންކަމަކީ ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްގެގޮތުގައި ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު