ރައީސް ޑރ. މުއިއްޒުއަށް ހަޖޫޖެހޭ ވަރުގެ ސިޔާސީ ލީޑަރެއް ރާއްޖޭގައި ނެތް: ފައިސަލް

3 months ago

އަފްރާހް

ރައީސް ޑރ. މުހއްމަދު މުއިއްޒުއަށް ހަޖޫޖެހޭ ވަރުގެ ސިޔާސީ އެއްވެސް ބޭފުޅަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.


އެ ޖަލްސާގައި ކުރީގެ ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ގަބޫލު ކުރައްވަން ޖެހޭ ހަގީގަތަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒު ހޯއްދެވީ ސިޔާސީ ގޮތުން މޮޅުވީމާ ކަމަށެވެ.


މީގެއިތުރުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ހޮވާފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ވަރު ރައީސްއެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުއަކީ ރައީސް ޔާމީންއަށްވުރެ އިލްމީ ގޮތުން އަދި ސިޔާސީ ގޮތުން ގާބިލް ކެރޭ ލީޑަރެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ޕީއެންސީން ވެރިކަމަށް އައީ ރައީސް ޔާމީންގެ 'ހުސްގޮނޑި' ދައްކައިގެން ކަމަށް ބުނެ ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވީ އޭރު އެބުނާ ހުސްގޮނޑި ދެއްކި ކަމަށްވަންޏާ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވީ ރައީސް މައުމޫނުގެ ފޮޓޯފުޅު ދައްކައިގެން ކަމަށެވެ. އަދި ރައީސް މައުމޫނު ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ތުއްދޮންބެ (ރައީސް މައުމޫނު) 7 މަސް ދުވަސް ވަންދެން ޖަލުގައި ބޭންދިކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.


ފައިސަލް ވަނީ ރާއްޖޭގެ އިގްތިސޯދު އެނގެނީ ވަކި ސިޔާސީ ލީޑަރަކަށް ކަމުގައި ހީކުރުމަކީ ކުށްހީއެއް ކަަމަށާއި ރާއްޖޭގައި މިހާރު ވަރަށް ތައުލީމީ، ކްރިއޭޓީވް، އިނޮވޭޓިވް ވިސްނުންތައް ހުރި ޒުވާނުން ތިބިކަން ވެސް ފާހަގަކުރެއްވިއެވެ.


ރާއްޖޭގެ އިގްތިސޯދު އެނގެނީ ހަމައެކަނި ތިމާއަށް ކަމަށް ދައުވާ ކުރުމަކީ މިއަދުގެ ޒުވާނުން ގަބޫލުކުރާނެކަމެއް ނޫން ކަމަށާއި އެކަަމަށް މަލާމަތްކޮށް ޖޯކު ޖަހާނެ ކަމެއް ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ފައިސާހޯދަންދީންޤުރުބާންކުރާވާހަކަދައްކާއިރުކަލެއަކީމުސްލިމެއްތަ

3 months ago

ސައްލޭ

ކަލޭ ބައްޕަ ރެހެންދި ފްލެޓްއިން 2 އެޕާރޓްމެންޓް ގަތީ ކޮންތާކުން ހޯދި ފަޢިސާއަކަށް. ތިޔަ އަދީބު ނެގި ފައިސާއިން އެންމެން މުއްސަދިވީ. ކަލޭ ފުރަތަމަ އިގިރޭސި ކިޔަވަ ބަލަ. ލަދެއް ނުގަނޭތަ؟މުޢިއްޒު ގެ ހެދީ ބްރިޖްގެ ކޮޅު ދާލިންކަމަށް ބުނީ ބުރުމާ.

3 months ago

އިއްބެ

ބާރުގަދަވިޔަސް ދައްކަންވާވާހަކައާ ނުދައްކަންވާވާހަކަހުންނާނެއެވެ ދީންވިއްކާލައިގެން ފައިސާހޯދާވާހަކަބުނީމައި މުސްލިމަކައްވެހުރެ އެކިޔޭއެއްޗެއްއެނގޭބާއެވެތިޔަދާވަރުން އަނގަހައްދަކާހަމައަށްވެސްދާންޖެހިދާނެއެވެ

3 months ago

ޢަހްމަދު އަރީޝް ޕަޓޭ

ޙަޖޫ ޖެހޭގޮތައް ކަންތައް ކުރަންޏާ ޙަޖޫ ޖަޙާނެ. ތިދަސްކުރާ ބައިގަ އިތުރައް ހަޖަމް ކުރަންވެސް ދަސްކުރޭ.

3 months ago

ފާތުން

ކަލެގެއާ ކަލޭގެބަފަޔަށާ ކަލެއަށް ރައްޔިތުންގެ ހަޒާނާއިން ބޭނުންވަރަކަށް ކެވޭތީދޯ ތިހާސަނާތިކިޔަނީ މިނޫންވެސް ދުވަހެއް އޮތްކަމަށް ބަލާގެން ދެވަފައިން ކާތި ވަރައްސަލާން

3 months ago

އެކުވެރި

ތިޔަ ކަހަލަ ގަމާރަކަށް ތިޔަވަރުގެ މަގާމެއް ދިނުމުން ދޯ.................؟

3 months ago