ޑައިވިންގ އަށް ދިޔަ ބިދޭސީ އެއް މަރުވެއްޖެ

3 months ago

އަފްރާހް

ޑައިވިންގ އަށް ދިޔަ ބިދޭސީ އެއް މަރުވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ހުޅުމާލޭގައި ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާ މަރުވީ ގެނބިގެން ކަމަށެވެ.


މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަމަށާއި މަރުވެފައިވަނީ އުމުރުން 55 އަހަރުގެ އަންހެނެއް ކަމަށް ވެސް ވިދާޅުވިއެވެ. އެއީ ތައިލެންޑު މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވީ މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު