5 months ago
ދަ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖުގައި އެ ޕާޓީގެ އިސްވެރިންނަށާއި މެންބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ވަނީ ވިދާޅުވެފައެވެ.
— Dr Mohamed Muizzu (@MMuizzu) July 12, 2024
ސިޔާސީ ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" އުފެދުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ހިޔާލުތަފާވުމުގެ ސަބަބުންނެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދަށް ތާއީދު ކުރައްވާ މެމްބަރުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި ސިޔާސީ ހިޔާލުތަފާތުވުން އުފެދި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ވަނީ ބަހުގެ ހަމަލާތައް ވެސް ވަނީ އެެެއްބަޔަކު އަނެއްބަޔަކަށް ރައްދުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 4364 އެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކޮށް 7.18 އިންސައްތަ ވޯޓާއެކު ވަނީ ތިންވަނަ ހޯދާފައެވެ. އިންތިޚާބުގައި ވޯޓުލީ މީހުންގެ ތެރެެއިން 15839 ވޯޓް ވަނީ އެޕާޓީއަށް ލިބިފައެވެ.