ސިކުޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކެރެލާގައި ފެތުރެނީ

3 months ago

އަފްރާހް

ސިކުޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކެރެލާގައި ފެތުރެން ފަށައިފިއެވެ.


މިކަމާއިގުޅިގެން ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން ނެރުއްވާފައިވާ ދެންނެވުމެއްގައި ވަނީ އެ ސްޓޭޓުގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ 'ބްރެއިން އީޓިންގ އެމީބާ އިންފެކްޝަން' ފެތުރެމުންދާ ކަމަށެވެ. އަދި މި ބައްޔާއިމެދު ސަމާލުވުމަށް ކެރެލާގެ ސިއްހީ ވުޒާރާ އިން އިލްތިމާސް ކުރައްވާ ކަމަށެވެ.


މިއީ ނޭފަތުން ނުވަތަ ކަންފަތުން ހަށިގަނޑުގެތެރެއަށްދާ ޖަރާސީމެއް ކަމަށާއި އެހެންކަމުން މިދުވަސްވަރު ކޯރުފަދަ ތަންތަނަށް ނޭރުމަށް ވަނީ އެދިލައްވާފައެވެ. އަދި ސްވިމިންގ ޕޫލަށް އެރޭނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭގޮތަށް އިޔަރބަޑް ނުވަތަ ނޭސަލް ކްލިޕް ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ ކަަމަށް ވެސް އެ ދެންނެވުމުގައި ވެއެވެ.


މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލިގައި ރިއްސުމާއި ހޮޑުލުން ހިމެނެއެވެ. އަދި ކަނދުރާ އަށް ނާރު އެރުމާއި ވާނުވާ ނޭނގުމާއި ފިޓު ޖެހުން ވެސް ހިމެނޭ ކަމަށް ބަޔާންކުރައްވާފައި ވެއެވެ.


އެހެންކަމުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކޮންސިއުލޭޓް ޖެނެރަލުން ވަނީ އެދިލައްވާފައެވެ.


އިންޑިއާ އަކީ ދިވެހީން ވަރަށް ގިނަ އަދަދަކަށް އެކި ބޭނުންތަކުގައި ގޮސްއުޅޭ ގައުމަކަށްވާއިރު، ކެރެލާ ސްޓޭޓުގައި ވެސް އެކި ކަންކަމުގައި ދިވެހީން އުޅެއެވެ.


ކިޔުންތެރިންގެ ހިޔާލު