އިލްމުވެރިންގެ މަހާސިންތާ އަންނަމަހު، ބައިވެރިވުމުގެ ފުރުސަތު އެބައޮތް

3 months ago

އަފްރާހް

ރާއްޖޭގެ އިލްމުވެރީންގެ މަހާސިންތާ އަންނަ އޯގަސްޓު މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓް 24 ގައި ކަމަށެވެ. އަދި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އިލްމުވެރީންނަށް ހުޅުވާލާފައިވާ ކަމަށެވެ.


މީގެއިތުރުން ވީހާވެސް ގިނަ އިލްމުވެރިންނަށް ބައވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމައި، އަތޮޅުތަކުގައި ތިބި އިލްމުވެރިން އޮންލައިންކޮށް ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


އިލްމުވެރީންގެ މެދުގައި ހިޔާލުތަފާތުވުންތައް ކުޑަކޮށް، ދީނީ ފިކުރު އެއް ގޮތްކުރުމުގެ މަގުސަދުގައި ބާއްވާ މި މަހާސިންތާގެ ޝިއާރަކީ "އިސްލާމީ އިންތަކާއި މިންތައް ހިމާޔަތް ކުރުމުގައި އިލްމުވެރީންގެ ދައުރު" އެވެ.


އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު އިތުރު މަހާސިންތާތަކެއް ވެސް ބޭއްވުމަށް ހަމަޖައްސާފައެވެ. އެގޮތުން ޖަމިއްޔާތަކުގެ މަހާސިންތާ ސެެޕްޓެމްބަރު 4 ގައި ބާއްވާއިރު، އިމާމުންގެ މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޫބަރު 26 ގައެވެ. އަދި ޒަކާތުގެ މަހާސިންތާއާއި ހައްޖާއި އުމްރާގެ މަހާސިންތާ ވެސް އެ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ފަތުވާ މަހާސިންތާ އޮންނާނީ ނޮވެމްބަރު މަހު ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު