ލިއޯއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް

3 months ago

އަފްރާހް

ލިއޯ ޓްރޭޑިންގ ގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.


އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީ ގުޅިގެންނެވެ. ގުޅިގެން މިޕްރޮގްރާމް ކުރިއަށްގެންދާނީ ޒުވާނުން ހާއްސަކޮށްގެން ތިލަފުށީގައެވެ.


މި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި ޖުލައި މަހުގެ 10 ވަނަ ދުވަހު އެ އިދާރާތަކުގެ ވެރިން ވަނީ ތިލަފުއްޓަށް ވަޑައިގެންފައެވެ.


މި ޒިޔާރަތުގެ ތެރެއިން ދެ ފަރާތުން ގުޅިގެން ދިވެހިޒުވާނުން މިދާއިރާތަކަށް ނެރުމަށްޓަކައި މިހާރުން މިހާރަށް ވެސް ގުޅިގެން ކުރެވިދާނެ ކަންކަމާމެދުގައި މަޝްވަރާ ބަދަލުކޮށް ޕޮލިޓެކްނިކްގެ ފަރާތުން އިންތިޒާމްކުރާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ލިއޯގެ ތިލަފުށީގައި ހިނގަމުންދާ ސައިޓްތައް ކަމުގައިވާ ސްޓޯރ، ވެއަރހައުސް، ވޯރކްޝޮޕް އަދި ޑޮކްޔާރޑްގައި އުޖޫރަލިބޭގޮތަށް، ޢަމަލީ މަސައްކަތްކުރުމުގެ ފުރުސަތުދިނުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.


ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަކީ 2002 ވަނަ އަހަރު އުފެދިގެން ހިނގަމުން އަންނަ ރާއްޖޭގައި އޮތް އަމިއްލަ އެންމެ ބޮޑު ލޮޖިސްޓިކްސް ކުންފުންޏެވެ. މިއީ ދިވެހިންނަށް ސްކޯލަރޝިޕް ފުރުސަތުތައް ދިނުމުން ފެށިގެން ޢުމްރާދަތުރުތަކާއި ރަށްރަށުގެ އުމްރާނީ ތަރައްގީގައި ވެސް ވަރަށްބޮޑު ހިއްސާއެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. 


ކިޔުންތެރިންގެ ހިޔާލު