ޒާރާގެ ފަރި ހަރަކާތްތަކުން އުއްޗުގެ ހިތަށް ހިތްހަމަޖެހުން

3 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދުގައި މުޅި ރާއްޖޭގައި ތަފާތުއެކި ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، މީސްމީޑިއާ ފަތަހަކުރީ ބ. ކަމަދޫ 'ފަތްމިނި' ގްރޫޕުންނެވެ. ހާއްސަކޮށް ނޫަކަށިފުރައިގެ ޖިންސުއްލަތީފް ޒާރާއެވެ.


ފަތްމިނި ގްރޫޕަށް ލިބުނު ތަރުހީބަށްވުރެ، އެތައް ހާސް ގުނައެއް ބޮޑު ތަރުހީބު ޒާރާ ހޯދާފައިވާއިރު، ރާއްޖޭގ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ވެސް މިހާރުވަނީ ޝޯވއެއް ދީފައެވެ.


މިއީ އެ ގްރޫޕަށް ލިބުނު ތަރުހީބާއި ކާމިޔާބީ ފާހަގަކުރުމަށް އުއްޗު ބޭއްވި ހާއްސަ ޝޯވއެކެވެ. މި ޝޯވ އޮތީ ކުރެއްދޫ ރިސޯޓުގައެވެ.


ޒާރާ އާއި ފަތްމިނި ގްރޫޕު އެ ރިސޯޓަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އީދު ޝޯވ ގައި އެ ގްރޫޕުން ކަމަދޫގައި ހުށަހަޅައިދިން ލަވަތައް އުއްޗުގެ ޝޯވގައި ވެސް ވަނީ ހުށަހަޅައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު