ސަމާލުވޭ! އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ

3 months ago

އަފްރާހް

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މިރޭ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެދިލައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ެރގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.


މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަަމަށް ލަފާކުރައްވައެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވީި ވިލާގަނޑިގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރައްވަނީ ދެ ފޫޓާއި ފަސް ފޫޓަށެވެ.


ކިޔުންތެރިންގެ ހިޔާލު