މީޑިއާތަަކަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން މައުރަޒެއް ބާއްވަނީ

3 months ago

އަފްރާހް

މީޑިއާތަަކަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން މައުރަޒެއް ބާއްވަން ނިންމައިފިއެވެ.


މިކަން ހާމަކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ މި މައުރަޒު ބޭއްވުމަށް ނިންމާފައިވަނީ ޖުލައި 21 ވަނަ ދުވަހު ކަމަށެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ 8 މަސް ފުރޭ މުނާސަބަތާ ގުޅިގެން، މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލު ކުރެވިފައިވާ ކަންކަން މީޑިއާތަކާ ހިއްސާކުރުމަށް މީޑިއާތަކަށް ޚާއްސަކޮށްގެން އެ މިނިސްޓްރީން ބާއްވާ މައުރަޒެއް ކަމަށް ވެސް ވިދާޅުވިއެވެ.


އެެހެންނަމަވެސް މައުރަޒު އޮންނާނެތަނެއް އަދިހާމައެއް ނުކުރައްވައެވެ.


މީގެއިތުރުން ވޭތުވެދިޔަ މުއްދަތުގައި ހާސިލުކުރެވުނު ބައެއް ކަންކަން ވެސް އެ ޕޯސްޓޫގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޒަކާތު ހައުސް އުފެއްދުމާއި ޒަކާތާބެހޭ ހާއްސަ އޮންލައިން ލައިބްރަރީއެއް ގާއިމުކުރުން ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފްތިތާހު ކުރުމާއި ޒަމާނީ ފަންނިއްޔާތު ބޭނުންކުރުމަށް ޒަމާނީ މިންގަނޑުތަކާ އެއްގޮތަށް އިސްލާމިކް ސްޓޫޑިއޯއެއް ތަރައްގީކުރުން ވެސް ފާހަގަކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު