ޓްރަމްޕަށް ދިން ހަމަލާ ރައީސް ޑރ. މުއިއްޒު ކުށްވެރިކުރައްވައިފި

3 months ago

އަފްރާހް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.


'އެކްސް' ގައްި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަސައްކަތުގެ ތެރޭގައި ހަމަނުޖެހުމާއި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް ތަނެއްގައި ހިންގާ އެ ފަދަ ކޮންމެ ކަމެއް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.


މީގެއިތުރުން އެ މަނިކުފާނުގެ ހެޔޮ އެދުންތައްވަނީ ޓްރަމްޕާއި އޭނާގެ އާއިލާއާއި ހަމަލާގައި އަނިޔާވި މީހުންނާއެކު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް މި ހަމަލާ ދީފައި މިވަނީ އެމެރިކާގައި މިއަހަރުގެ ނޮވެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލައްވާ ކެނޑިޑޭޓުގެ ހައިސިއްޔަތުން ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށްނެވެ.


އެމަނިކުފާނަށް ބަޑީގެ ހަމަލާ ދީފައިވަނީ ޕެންސިލްވޭނިއާގައި ކުރިއަށްދިޔަ ކެންޕެއިން ރެލީގައި އެއްވެތިބި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަން ހުންނަވަނިކޮށްނެވެ. މި ހަމަލާ ޓުރަންޕްގެ ބޮލަށް އަމާޒުކޮށް ދީފައިވީނަމަވެސް ސްނައިޕަރގެ މި ހަމަލާ އަމާޒްވީ ޓްރަމްޕުގެ ކަނާއަތް ފަރާތު ކަންފަތަށެވެ.


މި ހަމަލާ އާއިގުޅިގެން ޕެންސިންވީނިއާގެ ސިއްހީ އޮފިޝަލުން ވަނީ ޓްރަންޕުގެ ސިއްހީ ހާލުކޮޅު ރަނގަޅުކަމަށް ބުނެފައެވެ.


ޓްރަންޕަށް އަމާޒުކޮށް 8 ވަޒަން، ސްނަސިޕަރ ފޮނުވާލާފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، އެމެރިކާގެ ސީކްރެޓް ސަރވިސް އިން ބުނެފައިވަނީ އިމާރާތެއްގެ ޓެރަސްމަތީ އޮތް ސްނައިޕަރ މަރާލާފައިވާކަމަށް ވެސް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު