މިއަދު މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތަކެއް!

2 months ago

އަފްރާހް

މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ ތިން ހާދިސާއެއްގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެ ތިން ހާދިސާ އާއި ގުޅިގެން ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި މިފަދަ 6 ހާދިސާއެއްގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވާ ކަަމަށެވެ. އެހެންނަމަވެސް އެ ހާދިސާތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.


އެމްއެންޑީއެފް އިން މިކަން ހާމަކުރައްވާފައިވާއިރު، މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރައްވާފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކުރައްވާފައިވެއެވެ.


މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކުރައްވާފައިވާ މޫސުމީ ބްލެޓިން ގައި ވަނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވިދާޅުވެއެވެ.


މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރައްވާއިރު، ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.


ކިޔުންތެރިންގެ ހިޔާލު