މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރަނީ

2 months ago

އަފްރާހް

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައާއި ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ނިންމައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.


ރަސްމީ އެއްވެސް އިދާރާއަކުން މިހައިތަނަށް މިކަން ހާމަކޮށްފައިނުވިނަމަވެސް 'ދެން އޮންލައިން' އިން އެކަން ވަނީ ކަށަވަރުކޮށް، ޚަބަރުގައި ޖަހާފައެވެ.


އެ ނޫހުގައި ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިިއްސާރާގައި މާލެ ސަރަހައްދަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލޭގެ ސްކޫލުތައް މާދަމާ ބަންދުކުރަން ސަރުކާރުން ނިންމާފައިވާ ކަަމަށެވެ.


އެގޮތަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކު "ދެން އޮންލައިން" އަށް ޔަގީންކޮށްދީފައިވާ ކަމަށް ވެސް އެ ޚަބަރުގައި ވެއެވެ. އަދި އަތޮޅުތަކުގެ ސްކޫލުތަލުގެ ހާލަތު ވެސް އެ މިނިސްޓްރީން ބަލަމުން އަންނަކަމަށް އެ އޮފިޝަލާއި ހަވާލާދީ ވަނީ ބުނެފައެވެ.


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހެމުން އަންނައިރު، ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުން ވެސް ދަނީ ލިބެމުންނެވެ. އަދި ފުރަމާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އާއި ބައެއް އާންމުން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު