ދެގައުމަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު

1 day ago

އަފްރާހް

ބަންގްލަދޭޝް އާއި ޖަޕާނުގައި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފައެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ "ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025" ގެ ނަމުގައި ބަންގްލަދޭޝްގެ ފަރާތުން 14 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުލާފައިވާ ކަމަށެވެ. މި ސްކޮލަޝިޕްތަކުގެ ތެރޭގައި 7 ބެޗްލަރސް ޑިގްރީ، 6 އެމްބީބީއެސް އަދި ބީޑީއެސްގެ އެއްފުރުސަތު ހިމެނޭ ކަމަށެވެ.


ޖަޕާންގެ "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025 " ގެ ދަށުން 24 ޔުނިވަރސިޓީއެއްގެ މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.


މި ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެތެރޭގައި، ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއްކަމުގައި ނުވުމާއި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގެ 3 އަހަރު ކުރިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި ވޯލްޑް ބޭންކްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.


"ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025 " އަށް ހުށަހެޅުމުގެ ސުންގަޑި އަކީ ޖަނަވަރީ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށެވެ. "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025"ގެ ފުރުތަމަ ސުންގަޑި އަކީ ޖަނަވަރީ 13 އިން ފެށިގެން 28 ފެބްރުއަރީ ގެ ނިޔަލަށެވެ. އަދި މި ފުރުސަތުގެ ދެ ވަނަ ސުންގަޑި އަކީ 25 މާރިޗް އިން ފެށިގެން 23 މެއި ގެ ނިޔަލަށެވެ.


މި ސްކޮލަރޝިޕްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް 1474 ގުޅުމަށް ވަނީ އެދިފައެވެ. އީމެއިލް: schol@mohe.gov.mv



ކިޔުންތެރިންގެ ހިޔާލު