22 hours ago
އަންހެން ކަނބަލުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްގީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެކަމުގެ އަގުވަޒަންކުރައްވަން ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަކީ ހަމަހަމަކަމާ އެކީގައި، އެއް ހައިސިއްޔަތެއް ލިބިގެން، ރަށާއި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށެވެ. އަދި އެކަމަކީ ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތެއް ކަމަށެވެ.
އެގޮތުން މަތިފަޑީގައި، ޓޮޕް މެނޭޖްމަންޓުގައި އަންހެން ބޭފުޅުންނަށް ޖާގަ ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ވިދާޅުވިއެވެ.
މިދިޔަ ހުރިހާ ސަރުކާރުތަކާ އަޅާކިޔާއިރުގައި، މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އެހެނިހެން އިސް ލެވެލްތަކުގައި ވެސް އެންމެ ގިނަވާނީ އަންހެން ބޭފުޅުންކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މީގެ ކުރިން އަންހެން ބޭފުޅަކު ލީޑް ނުކުރާ މުއައްސަސާތަކުގައި ގައުމީ ލެވެލްގައި ވެސް މިހާރު އަންހެން ބޭފުޅުން ތިއްބަވާނެކަމަށެވެ.
އަންހެން ބޭފުޅުން ކުރައްވާ މަސައްކަތުގައި، އެ ދޭންވާ "ރެކޮގްނިޝަން" ދީ، ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސް ވިދާޅުވިއެވެ.
ސިއްދީގު
ކަނބަލުންނަށް އިސްކަންދޭތީދޯ މަގާމުތަކުން އެ ވަކިވަނީ.
12 hours ago