13 hours ago
މައްކާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ހިޖްރަ ނަމަކަށް ކިޔާ ޖަމާއަތެއްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިންތަކެއް ހާލުގައިޖެހިފައިވާ ކަމަށެވެ. އަދި އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙަައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެދަށުން ކުރަމުން އަންނަކަމަށެވެ.
މިކަމާއިގުޅިގެން އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ރައްޔިތުން އެނބުރި ގައުމަށް އައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި އެ ކޯޕަރޭޝަންގެ އެމްޑީ އަށް ގުޅައި، އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ނުތިބޭނެ ކަމަށާއި ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްއްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށެވެ.