14 hours ago
މައްކާގައި ހާލުގައި ޖެހިފައި ތިބި ދިވެހީންގެ ތެރޭގައި 12 އަހަރުން ދަށުގެ 3 ކުދިން ހިމެނޭ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު ރާއްޖެ ނާދެވި، މައްކާގައި ހާލުގައި ޖެހިފައިތިބި މައުލޫމާތު މީޑިއާ އަށް ހިއްސާކުރައްވަމުންނެވެ.
އިސްލާމިކް މިނިސްޓްރީން މީޑިއާ އަށް މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހުނު އުމްރާވެރިން މި މަހު 10 ގައި މާލެ ގެނެވޭތޯ މަސައްކުރަމުން އަންނަކަމަށެވެ. އަދި އެމީހުން ތިބިހޮޓަލުން ނިކުންނަން ޖެހޭތީވެ، ފުރަންވަންދެން އެމީހުން ތިބޭނީ ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ކަަމަށެވެ.
މީގެއިތުރުން ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖައްސައިދޭނެކަން ހާމަކުރައްވައި، މިިނިސްޓަރު ވިދާޅުވީ އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ 3 ކުދިން ވެސް ހިމެނޭ ކަމަށެވެ.
މިކަމާއިގުޅިގެން މިނިސްޓަރު ކުރިން ވިދާޅުވެފައިވަނީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ރައްޔިތުން އެނބުރި ގައުމަށް އައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި އެ ކޯޕަރޭޝަންގެ އެމްޑީ އަށް ގުޅައި، އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ނުތިބޭނެ ކަމަށާއި ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްއްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށެވެ.
މިވާހަކަތަކަށް ބާރުދެއްވައި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް 'އެކްސް' ގައި ވިދާޅުވީ ހިޖްރަ ނަމަކަށް ކިޔާ ޖަމާއަތެއްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިންތަކެއް ހާލުގައިޖެހިފައިވާ ކަމަށެވެ. އަދި އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙަައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެދަށުން ކުރަމުން އަންނަކަމަށެވެ.
އަތޮޅޭ
ތި ޖަމާއަތުގެ އެއްވެސް މީހަކަށް އެހެން ޖަމާއަތެއް ހަދައިގެންވެސް އުމްރާ އަށް މީހުން ގެންދިއުން ހުއްޓުވަންވީ. އެހެން ނޫނީ މާދަން ފެންނާނީ އެހެން ނަމެއްގަ ޖަމާއަތެއް ހަދައިގެން އުޅޭތަން
3 hours ago