މާލޭގައި ފެންބޮޑުވުން: މިހާތަނަށް 252 ރިޕޯޓު، ތިން ގެއަކުން މީހުން ބަދަލުކޮށްފި

2 months ago

އަފްރާހް

މިހާރުކުރަމުންދާ ވިއްސާރައިގާ ފެންބޮޑުވެގެން މިހައިތަނަށް 252 ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.


އެ އޮތޯރިޓީން ވިދާޅުވިީ މިއީ މިރޭ 8 ޖެހުމާއި ހަމައަށް ރިޕޯޓުކޮށްފައިވާ އަދަދު ކަމަށެވެ. އަދި އަތޮޅުތެރޭގެ 20 ރަށަކުން ވިއްސާރާގައި ލިބިފައިވާ އެކިކަހަލަ ގެއްލުންތަކާ ގުޅިގެން އެ ސެންޓަރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވިދާޅުވިއެވެ.


ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ހަފްތާގައި ބޯކޮށް ވާރޭވެހޭނެތީ، ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރެއް ނޫނީ ނުކުރުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ވިއްސާރައިގާ މާލޭގައި ފެންބޑުވުމުގެ ސަަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މާދަމާ އަކީ ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދު ދުވަހެއްގެ ގޮތުގައި މިހާރުވަނީ ހަމަޖައްސަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު