އާންމު ހާލަތަށް އަންނަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވާ

2 months ago

އަފްރާހް

އާންމު ހާލަތަށް އަންނަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން މިފަދައިން އިލްތިމާސް ކުރެއްވީ ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މުސުމުގެ ވިއްސާރައިގާ މާލެއަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމާއި ގުޅިގެންނެވެ.


ފުލުހުން ވިދާޅުވީ މާލޭގެ ގިނަ ސަރަޙައްދުގައި ފެންބޮޑުވެ، ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާކަމަށެވެ.


އެހެންކަމުން މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތަށް އަންނަންދެން ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެން ބޮޑުވުމާއިގުޅިގެން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވެސް ރައީސް ޑރ. މުހައްމަދު މުއުއްޒު ވަނީ ހަމަޖައްސަވާފައެވެ. އަދި ސްކޫލުތައް ވެސް ވަނީ ބަންދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު