މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް

2 months ago

އަފްރާހް

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފިއެވެ.


މިއަދުގެ ޖަލްސާ ވެސް 9 ޖެހިއިރު ފެށިއިރު، ފުރަތަމަ ކަމަކަށް އޮތީ ބ. ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފު ޒާކިރު، ސްޕޯޓްސް މިނިސްޓަރު އރާފިއުއާ ސުވާލު ކުރެއްވުމެވެ. އެއަށްފަހު އޮތީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ދާއިމީ ކޮމިޓީއަކަށް ފޮނުވުމެވެ.


އޭގެ ފަހުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އަރބަން ޑިވެލޮޕްމަންޓް ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މިއަދުގެ އެޖެންޑާގައި އިބްތިދާއީ ބަހުސްގެ ގޮތުގައި ފުރަތަމަ އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓުގެ ބިލްގެ ބަހުސެވެ. 


މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު