ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ

2 months ago

އަފްރާހް

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްނަމަވެސް ޕާސްޕޯޓާއި ގުޅުންހުރި ހިދުމަތްތައް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ރަސްމީ ދުވަސްތަކުގައި ވެސް އެ ހިދުމަތް ދެމުންގެންދާ ގަޑިތަކުގައި މިއަދު ވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ޕާސްޕޯޓާއި ހަވާލުވާން ހެނދުނު 8:30 އިން ހަވީރު 5 ޖަހަންދެން ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ޕާސްޕޯޓަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅޭނެކަމަށް ވެސް ވިދާޅުވިއެވެ.


މިއަދަކީ ސަރުޚާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ނިންމެވީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިތައް ކުރިމަތިވުމުންނެވެ.


މިހާރުކުރަމުންދާ ވިއްސާރައިގާ ފެންބޮޑުވެގެން މިހައިތަނަށް 252 ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކުރައްވާފައެވެ. އަދި ތިން ގެއެއްގެ މީހުން ބަދަލުކޮށްފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


އެންޑީއެމްއޭ އިން ވިދާޅުވީ މިއީ ރޭ 8 ޖެހުމާއި ހަމައަށް ރިޕޯޓުކޮށްފައިވާ އަދަދު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު