ޕާކިސްތާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

2 months ago

އަފްރާހް

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އާޝިފް ޢަލީ ޒަރުދާރީއަށާއ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.


މި މެސެޖުގައި އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.


މީގެއިތުރުން ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް އަޚްވަންތަ ގުޅުން ފާހަގަކުރައްވައި، އިޖްތިމާއީ އަދި އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ވެސް އެ މެސެޖުގައި އެދިވަޑައިގަންނަވާފައިވެއެވެ.


ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި ޕާކިސްތާނަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.


ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ވަނީ މީސްމީޑިއާގައި ވެސް މެސެޖެއް ޕޯސްޓް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު