ފެނާއި ނަރުދަމާ ދާއިރާ ތަރައްގީކުރުމަށް ތުރުކީގެ ކުންފުންޏަކަށް

2 months ago

އަފްރާހް

ރާއްޖޭގެ ފެނާއި ނަރުދަމާ ދާއިރާ ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މިއީ ފެނާއި ނަރުދަމާ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖްރިބާ ދެ ގައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި ފަހުމުނާމާއެކެވެ. އަދި ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރަންސްތަކުގައި ދެގައުމުން ގުޅިގެން ބައިވެރިވެ، ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމެވެ.


މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.


މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ގަބޫލުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު