މާލޭގެ އިމާރާތާކުން އަންހެނަކު ވެއްޓިއްޖެ

2 months ago

އަފްރާހް

މާލޭގެ އިމާރާތާކުން އަންހެނަކު ވެއްޓިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކަސްޓަމްސް ކައިރީ ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވައެވެ.


ބައެއް މަސްދަރުތަކުން ބުނާގޮތުގައި ވެއްޓިފައިވަނީ އަންހެނެކެވެ. އަދި މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ވެސް އެކަން ހާމަވާއިރު، އޭނާ މިހާރުވަނީ ޕިކަޕަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު