ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

2 months ago

އަފްރާހް

ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.


މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 8:15 ގައި ޕާކިސްތާން އެމްބަސީގައެވެ.


ޕާކިސްތާނުގެ މިނިވަންދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މިނިވަންދުވަހުގެ ހަރަކާތްތަށް ފަށާފައިވަނީ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ.


މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވާދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ރިޓެއަރޑް މުހައްމަދު ފައްޔާޒު ގިލާނީ އެވެ.


މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ޑިޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަހްމަދާއި އެމްބަސީގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އެގައުމުގެ ރައްޔިތުން ބައިވެރިވިއެވެ.


ޕާކިސްތާނު މިނިވަން ދައުލަތަކަށް ވެފައިވަނީ 1946 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ވާން އުޅުނު އިރު، އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް ބޭނުންވުމުގެ ސަބަބުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާ ބެހޭ ޤާނޫނުގެ ދަށުން ޕާކިސްތާނާއި އިންޑިއާ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.


އެގޮތުން ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި 1947 ވަނަ އަހަރުގެ 14 ވަނަ ދުވަސް ހަމަޖެއްސި އިރު، އެ މަހުގެ 15 ވަނަ ދުވަހަކީ އިންޑިއާގެ މިނިވަންދުވަހުގެ ގޮތުގައި ކަނޑައެޅިއެވެ.


ކިޔުންތެރިންގެ ހިޔާލު